uawdijnntqw1x1x1
IP : 3.143.3.178
Hostname : ns1.eurodns.top
Kernel : Linux ns1.eurodns.top 4.18.0-553.5.1.lve.1.el7h.x86_64 #1 SMP Fri Jun 14 14:24:52 UTC 2024 x86_64
Disable Function : mail,sendmail,exec,passthru,shell_exec,system,popen,curl_multi_exec,show_source,eval,open_base
OS : Linux
PATH:
/
home
/
sudancam
/
public_html
/
0d544
/
..
/
ph
/
..
/
quran
/
api
/
quran
/
includes
/
translate
/
dv
/
79.php
/
/
<?php $t = array(); $t[1] = 'ގަދަފަދަވެގެންވާ ގޮތުގައި (كافر ންގެ) ފުރާނަތައް ގެންދަވާ ملائكة ން ގަންދެއްވަމެވެ.'; $t[2] = 'އަދި އޯގާވެރިކަމާއި، ފަސޭހަކަމާއެކު (مؤمن ންގެ) ފުރާނަތައް ގެންދަވާ ملائكة ން ގަންދެއްވަމެވެ.'; $t[3] = 'އަދި ކަލާނގެ أمر ފުޅުތަކާއިގެން ދަތުރުކުރައްވާ ملائكة ން ގަންދެއްވަމެވެ.'; $t[4] = 'އަދި (مؤمن ންގެ) ފުރާނަތަކާއިގެން ކުރިއަރައިދާ ملائكة ންނާއިއެވެ.'; $t[5] = 'އަދި (ދުނިޔޭގެ) ކަންތައްތައް تدبير ކުރެއްވުމުގައި އުޅުއްވާ ملائكة ންނާއިއެވެ.'; $t[6] = '(ތާޅަފިލި ފުރަތަމަފަހަރު ފުންމަވައިލެއްވުމުން) ބިންގަނޑު ހެލިގެންދާ ދުވަހެވެ.'; $t[7] = 'އެއާ ވިދިގެން އޭގެފަހަތުން ދެވަނަ ފުންމެވުން ފުންމަވާ ދުވަހެވެ.'; $t[8] = 'އެދުވަހުން ބިރުގެންފައިވާ ހިތްތަކެއް ވެއެވެ.'; $t[9] = 'އެއުރެންގެ ލޯތައް ތިރިވެ ނިކަމެތިވެގެންވެއެވެ.'; $t[10] = 'އެއުރެން ބުނެތެވެ. އިހުއުޅުނު ދުނިޔޭގެ ދިރިއުޅުމަށް، އަލުން ރައްދުކުރައްވާނޭ ބަޔަކު ކަމުގައި ހަމަކަށަވަރުން، ތިމަންމެން ވާނޭހެއްޔެވެ؟'; $t[11] = 'ފީވެ، އަޅިޔަށްވެފައިވާ ކަށިތަކެއް ކަމުގައި، ތިމަންމެން ވުމަށްފަހުގައިވެސް ހެއްޔެވެ؟'; $t[12] = 'އެއުރެން ބުނޫއެވެ. އެހެންވިއްޔާ އެއީ، ގެއްލެނިވެގެންވާ އެނބުރި ދިޔުމެކެވެ.'; $t[13] = 'ފަހެ، އެކަންތައްވާކަން ކަށަވަރީ، އެންމެ ފުމެލެއްވުމެއްގެ އަޑު ކަމުގައެވެ.'; $t[14] = 'ފަހެ، އެހާރުން އެންމެން ތިބޭހުށީ، އަލުން ދިރި، محشر ބިމުގައެވެ.'; $t[15] = 'موسى ގެފާނުގެ ވާހަކަ ކަލޭގެފާނާ ހަމަޔަށް އައިސްފައިވޭތޯއެވެ؟'; $t[16] = 'طوى އޭ ކިޔުނު مقدّس ވާދީގައި ހުންނަވަނިކޮށް، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ، އެކަލޭގެފާނަށް ނިދާ އިއްވެވި ހިނދެވެ.'; $t[17] = 'فرعون ގެ ގާތަށް ކަލޭގެފާނު ވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، ފުރެދުމުގައި އޭނާ ހައްދުފަހަނަޅައި ހިނގައްޖެއެވެ.'; $t[18] = 'އަދި ކަލޭގެފާނު (އޭނާޔަށް) ވިދާޅުވާށެވެ! كافر ކަމުން طاهر ވެގަތުމަށް ކަލޭ އެދެމުހެއްޔެވެ؟'; $t[19] = 'އަދި ކަލޭގެ ވެރިރަސްކަލާނގެ حضرة އަށް އަހުރެން މަގު ދެއްކުމަށްވެސް މެއެވެ. އެއީ (އެކަލާނގެއަށް) ކަލޭ ބިރުވެތިވުމަށްޓަކައެވެ.'; $t[20] = 'ފަހެ، އެކަލޭގެފާނު، އޭނާޔަށް ބޮޑުވެގެންވާ معجزة ދެއްކެވިއެވެ.'; $t[21] = 'ފަހެ، އޭނާ ދޮގުކުރިއެވެ. އަދި އުރެދުނެވެ.'; $t[22] = 'ދެން އޭނާ އެނބުރި، ފުރަގަސްދީ (ދެކޮޅުވެރިކަމުގެ) މަސައްކަތް ކުރަންފެށިއެވެ.'; $t[23] = 'ފަހެ، (އޭނާގެ لشكر) އެއްކުޅައެވެ. އަދި ގޮވައިލިއެވެ.'; $t[24] = 'ފަހެ، އޭނާ ބުންޏެވެ. ތިމަންނާއީ، ތިޔަބައިމީހުންގެ އެންމެ މަތިވެރިވެގެންވާ ކަލާނގެއެވެ.'; $t[25] = 'ދެން آخرة އާއި، ދުނިޔޭގެ عقوبات އެއްގެ ގޮތުން اللَّه އޭނާ ހިއްޕެވިއެވެ.'; $t[26] = 'ބިރުވެތިވާ މީހަކަށް ހަމަކަށަވަރުން، އެކަމުގައި عبرة އެއްވާކަން ކަށަވަރެވެ.'; $t[27] = 'ހެއްދެވުމުގައި އުނދަގޫކަންބޮޑީ، ތިޔަބައިމީހުން ހެއްޔެވެ؟ ނުވަތަ އުޑު ހެއްޔެވެ؟ އެ އުޑު ބިނާކުރެއްވީ އެކަލާނގެއެވެ.'; $t[28] = 'އެކަލާނގެ އެ އުޑުގެ ބިނާ އުފުއްލެވިއެވެ. ދެން އެ އުޑު ފުރިހަމަކުރެއްވިއެވެ.'; $t[29] = 'އަދި އެ އުޑުގެ ރޭގަނޑު އަނދިރިކުރެއްވިއެވެ. އަދި އެ އުޑުގެ ދުވާލު ފާޅުކުރެއްވިއެވެ.'; $t[30] = 'އެއަށްފަހު، ބިން ފެތުރުއްވިއެވެ.'; $t[31] = 'އެ ބިމުގެ ފެނާއި، ފަތްޕިލާވެލި، އެ ބިމުން ނެރުއްވިއެވެ.'; $t[32] = 'އަދި ފަރުބަދަތައް (އެ ބިމުގައި) ހަރުލެއްވިއެވެ.'; $t[33] = '(އެއީ) ތިޔަބައިމީހުންނަށާއި، ތިޔަބައިމީހުންގެ نعم ސޫފިތަކަށް ދިރިއުޅުމުގެ ވަގުތީ އުފަލެއްގެ ގޮތުގައެވެ.'; $t[34] = 'ފަހެ، ބޮޑުވެގެންވާ ކަންތައްގަނޑު އަންނަހިނދެވެ. (އެބަހީ: قيامة ދުވަސް އަންނަހިނދެވެ.)'; $t[35] = 'އިންސާނާ ކުޅަހާ ކަމެއް، ހަނދުމަވާ ދުވަހެވެ.'; $t[36] = 'އަދި ދެކޭމީހަކަށް ނަރަކަ ފާޅުކުރައްވާނެތެވެ.'; $t[37] = 'އަދި ދެކޭމީހަކަށް ނަރަކަ ފާޅުކުރައްވާނެތެވެ.'; $t[38] = 'ފަހެ، ފުރެދުމުގައި ހައްދުފަހަނަޅައި، އަދި ދުނިޔޭގެ ދިރިއުޅުމަށް އިސްކަންދިން މީހާ ދަންނާށެވެ!'; $t[39] = 'ފަހެ، ހަމަކަށަވަރުން، އެމީހާ އުޅޭނެ ތަނަކީ، ނަރަކަޔެވެ.'; $t[40] = 'އަދި އެމީހާގެ ވެރިރަސްކަލާނގެ حضرة ގައި ހުންނަންޖެހޭ ހުރުމަށް ބިރުވެތިވެ، އެމީހެއްގެ نفس އަމިއްލަ އެދުންތަކުން ދުރުކޮށްފިމީހާ ދަންނާށެވެ!'; $t[41] = 'ފަހެ، ހަމަކަށަވަރުން، އެމީހާ އުޅޭނެ ތަނަކީ، ސުވަރުގެއެވެ.'; $t[42] = 'قيامة ގެ وقت އަންނާނީ ކޮންއިރަކުންކަމާމެދު އެއުރެން ކަލޭގެފާނާ سؤال ކުރެތެވެ.'; $t[43] = 'އެކަން بيان ކޮށްދެއްވުމަކީ، ކަލޭގެފާނަށް (ކުރެއްވެން) އޮތްކަމެއްތޯއެވެ؟'; $t[44] = 'އެކަން ދެނެވޮޑިގަތުންވަނީ، ހަމައެކަނި، ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށެވެ.'; $t[45] = 'ކަލޭގެފާނުވާކަން ކަށަވަރީ، އެދުވަހަށް ބިރުވެތިވާ މީހަކަށް إنذار ކުރައްވާ ބޭކަލަކު ކަމުގައެވެ.'; $t[46] = 'އެއުރެން އެކަންތައް ދެކޭދުވަހު، ހަވީރެއް، ނުވަތަ ހެނދުނެއްގައި މެނުވީ، އެއުރެން ލަސްވެ ނުތިބޭކަހަލައެވެ.'; ?>
/home/sudancam/public_html/0d544/../ph/../quran/api/quran/includes/translate/dv/79.php